ކޮރޯނާ ވައިރަސް ޖެހުނު އިޓަލީގެ 102 އަހަރުގެ މީހަކު ރަނގަޅުވެއްޖެ

ކޮރޯނާ ޖެހިގެން ރަނގަޅުވި 102 އަހަރުގެ އިޓަލިކާ---

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަަ ކޮވިޑް-19 ޖެހުނު އިޓަލީ 102 އަހަރުގެ މީހަކު އެއްކޮށް ރަނގަޅުވެއްޖެ އެވެ.

ބަލިޖެހުނު އިޓަލިކާ ގްރޮންޑޯނާ ރަނގަޅުވީ ހޮސްޕިޓަލްގައި 20 ދުވަސް ވަންދަން އެޑްމިޓްކޮށްފައި އޮތުމަށްފަހު އެވެ.

އިޓަލީގައި ކޮރޯނާ ޖެހިގެން މަރުވި މީހުންގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 78 އަހަރެވެ. އިޓަލިކާ ފަދަ އެހާ ދުވަސްވީ މީހަކު ސަލާމަތްވުމުން އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނަށް ވެސް ވަނީ ހައިރާންކަމެއް ލިބިފަ އެވެ. ޑޮކްޓަރުން މިހާރު ވަނީ އޭނާ ބަލިން އެއްކޮށް ރަނގަޅުވި ގޮތް އިތުރަށް ދިރާސާ ކުރުމަށް ވެސް ނިންމައިފަ އެވެ.

ޑޮކްޓަރުން އިޓަލިކާއަށް މިހާރު ވަނީ އާ ނަމެއްވެސް ދީފައެވެ. އެއީ "ހައިލޭންޑާ- ދަ އިމޯޓަލް" ނުވަތަ ދާއިމަށް ދިރިހުރުމެވެ.

އިޓަލިކާ ވަނީ މިދިޔަ ބުރާސްފަތިި ދުވަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އޭގެ ފަހުން އޭނާ މިހާރު ހުންނަނީ މުސްކުޅިން ބަލަހައްޓާ ގެއެއްގަ އެވެ.

ޑޮކްޓަރުން އިތުރަށް ބުނީ އިޓަލިކާ ބަލިން ސަލާމަތްވުމުން ދުވަސްވީ އެހެން މުސްުޅިންނަށް ވެސް ދިރިހުރުމާމެދު އާ އުއްމީދެއް ލިބިފައިވާ ކަމަށެވެ.

އިޓަލިކާއަށް ފަރުވާ ދިން ޑޮކްޓަރު ވިދާޅުވީ އޭނާއަށް ފަރުވާ ދެމުންދިޔަ އިރު ހާލު މާ ސީރިއަސް ނޫން ކަމަށެވެ. އަދި އޭނާއަށް މާބޮޑު ފަރުވާއެއް ނުދިން ނަމަވެސް އަމިއްލައަށް ރަނގަޅުވިކަންވެސް ޑޮކްޓަރު ފާޙަގަކުރެއްވި އެވެ.

މައުލޫމާތު: ބިޒުނަސް ޓްޑޭ/ ސީއެންއެން

comment ކޮމެންޓް