ކާބޯތަކެތީގެ އަގުތައް އުފުލެނީ

މާރުކޭޓު ސަރަހައްދުގައި ބިދޭސީއަކު އަލުވި ބަސްތާ ގުތދަން ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ އާއި ގުޅިގެން ރާއްޖެ އަށް ބޭނުންވާ ބައެއް އަސާސީ ކާބޯތަކެތި ލިބުން ދަތިވެ، އަގުތައް އުފުލެން ފަށައިފިއެވެ.

ބައެއް ވިޔަފާރިވެރިން ބުނީ މާލޭގެ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު 800 ރުފިޔާ އަށް އުފުލިފައިވާ ކަމަށެވެ. މީގެ އިތުރުން ބިހާއި އަލުވީގެ އަގުވެސް އުފުލެމުންދާކަމަށް އެމީހުން ބުންޏެވެ.

މީގެ ކުރިން 20 ރުފިޔާ އަށް ހުރި ފިޔާ ކިލޯ އެއްގެ އަގު 50 ރުފިޔާ އަށް އުފުލިފައިވާއިރު ލުނބޯގެ އަގުވެސް ދަނީ އުފުލެމުންނެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓުތައް މެދުކަނޑާލާފައިވާއިރު، ހާއްސަ ހުއްދައެއްގެ ދަށުން ކާގޯ ފްލައިޓުތައް ބާއްވާނެއެވެ.

ކާބޯތަކެތީގެ އަގު އުުފުލުނަ ނުދިނުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިންވެސް ވަނީ ހާއްސަ ކާގޯ ދަތުރުތަކެއް ބާއްވަން ނިންމައިފައެވެ.

ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ބައެއް ވިޔަފާރިވެރިން ވަނީ ރައްޔިތުންނަށް ދަތިވާނެހެން ތަކެތީގެ އަގު ބޮޑު ނުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ބައެއް ގައުމުތައް ލޮކްޑައުންއަށް ގޮސްފައިވާއިރު އެ ގައުމުތަކުން ތަކެތި އެތެރެކުރުމަށް ވަނީ ދަތިތަކާ ކުރިމަތި ވެފައެވެ.

އިންޑިއާ އިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި އެތެރެކުރުމުގައި ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާއިރު، އިންޑިއާ އިން މިއަދުވެސް ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނެސްފައިވެއެވެ.

comment ކޮމެންޓް