އާލިއާއާއި ރަންބީރުގެ "ބުރައްމަސްތުރާ" އަންނަ އަހަރަށް

"ބުރައްމަސްތުރާ" ގެ ލީޑު ރޯލުން ފެންނާނެ ރަންބީރާއި އާލިއާ....

މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ބުރަހްމަސްތުރާ" ރިލީޒްކުރާ ދުވަސް އަނެއްކާވެސް ފަސްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ ފިލްމު ފަސްކުރީ އަންނަ އަހަރަށެވެ. މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ މި އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިއީ ފިލްމު ރިލީޒްކުރަން ފަސްކުރި ތިންވަނަ ފަހަރެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ފިލްމުގެ މަސައްކަތްތައް މިވަގުތު މެދުކަނޑާލައިފައިވާއިރު އެ ފިލްމުގެ މަސައްކަތައް ޑިސެމްބަރު މަހަށް ނުނިމޭނެ ކަމުގެ ބިރު ހީވުމުން ފިލްމު އަންނަ އަހަރަށް ފަސްކުރީކަމަށް ޚަބަރުތައް ބުނެއެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރެވެ. "ބުރައްމަސްތުރާ" ވާނީ އެ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލްގޭރިއާގައި ވެސް ނެގިއެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރިންނެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމުވެސް މެއެވެ.

"ބުރައްމަސްތުރާ"އަކީ ފެންޓަސީ، އެޑްވެންޗާ ފިލްމެކެވެ.

comment ކޮމެންޓް