މޯލްޑިވިއަން ހޮލިޑޭޒް އަންނަ ހަފުތާގެ ނިޔަލަށް ބަންދުކޮށްފި

މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް -- ސަން ފޮޓޯ/

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓްރެވަލް އޭޖެންސީ މޯލްޑިވިއަން ހޮލިޑޭޒް ބަންދުކުރި މުއްދަތު އަންނަ ހަފުތާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މޯލްޑިވިއަންއިން ހޮލިޑޭޒްއިން ބުނީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރު ބަންދުކުރި މުއްދަތު އޭޕްރީލް ދެ ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން އިއުލާނު ކުރުމާ އެކު އެ އޮފީސް ވެސް އެ ތާރީހާ ހަމައަށް ބަންދުވާނެ ކަމަށެވެ.

އެހެން ނަމަވެސް ޓިކެޓިން ހިދުމަތްތައް ފޯންކޯލު މެދުވެރިކޮށް ހަމަޖައްސައިދެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

އާސަންދަ ޓިކެޓިން ހިދުމަތް ހޯދަން ގުޅަން ޖެހޭނީ 7920401 އަށެވެ. އަދި 7915588އަށް ގުޅާލުމުން އެހެނިހެން އެއާލައިން ޓިކެޓިން ހިދުމަތްތައް ލިބޭނެ އެވެ.

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ބުކިން ހެއްދުމުގައި އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މިދިޔަ މަހު އެ އެއާލައިނުން ވަނީ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފަ އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދުމުގެ އިތުރުން ފްލައިޓް ޝެޑިއުލްއާއި ބެގެޖު އެލަވަންސް ބަލައިލުން ފަދަ ހިދުމަތްތައް ވެސް ހޯދޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

comment ކޮމެންޓް