ރިސޯޓަކުން ވަގަށް ނަގާފައިވާ ތަކެތި އުތީމުން ހޯދައިފި

ހއ. އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ބައެއް ތަކެތި -- ފޮޓޯ: ޕޮލިސް

އެކި ދުވަސްމަތިން ހއ. އަލިދޫ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. މައްސަލައާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހއ އުތީމުގެ ދެ ގެއެއް ބަލާސް ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ހަތަރު ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ހއ ފިއްލަދޫ ކޯޓަށް ގެންދިޔުމުން އެމީހުންގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް