ބޭރަށް ނުގޮސް، ގޭގައި ތިބެގެން ބާޒާރުކޮށްލަން ދިކާޓް

ދިކާޓް މޮބައިލް އެޕްލިކޭޝަންގެ ޕޯސްޓަރެއް--

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 ގެ ބިރުވެރިކަމާއެކު ސަރުކާރާއި ސިއްހީ މާހިރުންގެ ވެސް އިލްތިމާސްއަކީ މިދުވަސްކޮޅު ގެއިން ބޭރަށް ނުކުތުމުގެ ބަދަލުގައި، ގޭގައި ތިބެ ކުރެވޭ ކޮންމެވެސް ކަމެއް ކޮށްލުމެވެ.

މި ގޮވާލުމާއެކު ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެގެން ދިޔައީ ބާޒާރުކުރަން ބޭރަށް ދާން ޖެހުމެވެ. ކެފޭ ރެސްޓޯރަންޓުތަކުން ޑެލިވަރީ ކޮށްލެވުނަސް، ކައްކަން ބޭނުންކުރާ ސާމާނު ގަނެލައި އަންނައުނު ފަދަ އެއްޗެހި ގަންނަން މި ޖެހުނީ ބޭރަށް ނުކުންނާށެވެ.

އެކަމަކު މިހާރު ހާސްވާނެ ކަމެއް ނެތެވެ. ގޭގައި ތިބެގެން ބާޒާރު ކޮށްލެވިދާނެ އެވެ.

ދިކާޓް މޮބައިލް އެޕްލިކޭޝަން މިވަނީ އެންމެ "ގޭބަންދު"ވެފައި މިތިބި ދަނޑިވަޅަށް އެންމެ ރަނގަޅު ވިޔަފާރީގެ ބައިވެރިޔާއަށެވެ.

މިއީ ގޭގައި ތިބެގެން އޮންލައިންކޮށް ވިޔަފާރިކޮށްލަން އެންމެ ފަސޭހަ ޕްލެޓްފޯމެވެ. ދިވެހި ފުރަތަމަ އޯލް އިންޓަގްރޭޓަޑް ނޭޓިވް އީކޮމާސް މޮބައިލް އެޕްލިކޭޝަނަކީ ވެސް ދިކާޓެވެ.

ދިކާޓުން މުދާ ވިއްކަނީ މައިގަނޑު ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ދެ ޖިންސުގެ މީހުންނަށް ބޭނުންވާ އަންނައުނާއި ރީތިވާން ބޭނުންކުރާ ސާމާނާއި އިލެކްޓްރޯނިކްސްގެ އިތުރުން ގެއަށް ބޭނުންވާ ސާމާނު ވެސް މި އެޕްލިކޭޝަނުން ގަނެވެ އެވެ.

މީގެ އިތުރުން މި ދުވަސްވަރު ގިނަ ބައެއްގެ އެދުމުގެ މަތިން ހޯމް އެސެންޝަލްސްއާއި ގްރޮސަރީސް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ގަނެވޭނެ ގޮތް ދިކާޓުން ދަނީ ހަމަޖައްސަމުންނެވެ.

މިއަހަރު ބޭއްވި މޯލްޑިވްސް ލިވިން އެކްސްޕޯގައި ދިކާޓުގެ ސްޓޭންޑް--

ދިކާޓުގެ ސަޅިވާ އަނެއް ކަމަކީ ހިދުމަތް ބޭނުންކުރަން ފަސޭހަވުމުގެ އިތުރުން ހިލޭ ފޯރުކޮށްދޭ އަވަސް ޑެލިވަރީގެ ހިދުމަތެވެ. މުދާ އޯޑަރު ކުރާތާ ގިނަވެގެން ދެގަޑިއިރުގެ ތެރޭގައި ޑެލިވަރީ ކޮށްދޭނެކަމުގެ ޔަގީންކަން ދިކާޓުން ކަސްޓަމަރުންނަށް ދެއެވެ. ޑެލިވަރީގެ ހިދުމަތް ލިބޭނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00އިން ރޭގަނޑު 10:00އާ ދެމެދުގަ އެވެ.

ދިކާޓުން މިހާރު މުދާ ގެންގޮސްދެނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ބޯޓުތަކާ ހަމައަށެވެ. އަދި އެކި ފިޔަވަހިތަކަށް ބަހާލައިގެން މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.

ދިކާޓުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި ވެސް ފަސޭހަ ގޮތްތަކެއް ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން ކޭޝް އޮން ޑެލިވަރީ، ބީއެމްއެލް މޮބައިލް ޕީއޯއެސް އަދި އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކޮށްގެން ވެސް ގަންނަ މުދަލަށް ފައިސާ ދައްކާލެވޭނެ އެވެ.

ގިނަ ބާވަތްތަކުގެ މުދާ ދިކާޓުން ގަނެވޭއިރު ކޮންމެ ދުވަހަކު ވެސް ދިކާޓުގެ އިންވެޓްރީއަށް މުދާ އިތުރު ކުރަމުންދާ ކަމަށް އެކުންފުނިން ބުނެ އެވެ.

ދިކާޓް މޮބައިލް އެޕްލިކޭޝަން--

އާންމުންގެ ފަރާތުން މިހާރު ވެސް ބޮޑު ތަރުހީބެއް ދިކާޓަށް ދަނީ ލިބެމުންނެވެ. އެގޮތުން ދިކާޓު ތައާރަފުކުރިތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 1500އިން މައްޗަށް ވަނީ އަރާފަ އެވެ.

ދިކާޓު އެޕްލިކޭޝަން ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯއިން ވެސް ޑައުންލޯޑް ކޮށްލެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު