ކޮރޯނާވައިރަސް: އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހުނު ގައުމަކަށް އެމެރިކާ

އެމެރިކާގެ ނިއުޔޯކްގެ ހޮސްޕިޓަލްއެއް ކައިރިގަިއ ބަޔަކު--

މުޅި ދުނިޔޭގައި އެންމެ ގިނައިން ކޮރާނާވައިރަސް، ނުވަތަ ކޮވިޑް-19 ޖެހުނު ގައުމަކަށް އެމެރިކާ ވެއްޖެ އެވެ.

އެގޮތުން މިހާތަނަށް 82،000 މީހުންނަށް ކޮރޯނާވައިރަސް ވަނީ ޖެހިފަ އެވެ.

އެއާއެކު އިޓަލީ އަދި ޗައިނާގައި ކޮރޯނާވައިރަސް ޖެހުނު މީހުންނަށްވުރެ ޗައިނާގައި ބަލި ޖެހުނު މީހުން ވަނީ އިތުރުވެފަ އެވެ. ޗައިނާގައި ބަލިޖެހިފައިވަނީ 81،340 މީހުންނަށެވެ. އަދި މުޅި ދުނިޔެއިން އެބަލި 510،000 މީހުންނަށް ވަނީ ޖެހިފަ އެވެ.

އެމެރިކާގައި އިއްޔެ އެކަނިވެސް 246 މީހުން މަރުވިއިރު ބަލީގައި މިހާތަނަށް 1195 މީހުން ވަނީ މަރުވެފަ އެވެ.

އެެމެރިކާއިން ފެނުނު ކޭސްތަކުގެ ދެބައިކުޅަ އެއްބައި މީހުން ފެނިފައިވަނީ ނިއު ޔޯކްއިންނެވެ. އެ ސްޓޭޓްއިން އެކަނިވެސް 37،000 މީހުންނަށް ވަނީ ކޮރޯނާ ޖެހިފަ އެވެ.

އެ ސްޓޭޓްގެ ހޮސްޕިޓަލްތަކުގައިވެސް މިހާރު ވަނީ ބަލިމީހުންނަށް ނުކަތާ ވަރުވެފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ނިއުޔޯކްގެ ހޮސްޕިޓަލްގައި އެޑްމިޓްކުރާނެ ޖާގަ ނުހުންނާނެކަމަށް ވަނީ ބެލެވިފައެވެ. އޭގެ އިތުރުން ބަލިމީހުންނަސް ހިދުމަތްދޭން ބޭނުންކުރާ އިތުރު ތަކެތިވެސް ނެތުމުގެ ދައްޗާ ވަނީ ކުރިމަތިވެފަ އެވެ.

ހޮސްޕިޓަލްތަކުގައި ވެންޓިލޭޓަރުތައް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން ދެ މީހަކު ވެންޓިލޭޓަރު ޝެއާ ކުރަން މިހާރު ވަނީ ހުއްދަވެސް ދީފަ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން 21 ސްޓޭޓެއްގައި މިހާރު ވަނީ ރައްޔިތުން ގޭގައި ތިބެންވެސް އަންގައިފަ އެވެ.

comment ކޮމެންޓް