އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ހިލޭ ޑޭޓާ

އުރީދޫ "އެކު" ކެމްޕެއިން ގެ މައުލޫމާތު އެމްއެންޔޫ ދަރިވަރުނަށް ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ ލިބޭ އޮފާއެއް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ މި އޮފާ ތައާރަފުކުރީ މިއީ މަހުގެ ފަހުކޮޅު ކަމަށްވުމާއެކު ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ދިނުމަށް ކަމަށެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓު ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރިދޫއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25 ޕަސެންޓު ބޯނަސް ޑޭޓާ ވަނީ ފޯރުކޮށްދީފަ އެވެ.

މޮބައިލް، ފައިބާ އަދި ވަޔަލެސް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާޗު މަހުގެ ބިލު ދައްކަން ޖެހޭ ތާރީހުގެ ކުރިން ނުދެއްކި ނަމަވެސް ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ވެސް ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން ލޯކަލް ނަންބަރުތަކަށް ހިލޭ އެސްއެމްއެސް ފޮނުވުމާއި ކޮރޯނާވައިރަސްއާ ގުޅޭ ވެބްސައިޓަށް ހިލޭ ވަދެވޭނެ އިންތިޒާމު ވެސް އުރީދޫއިން ވަނީ ހަމަޖައްސާފަ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އުރީދޫ ފިހާރަތައްވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި މި ހާލަތުގައި އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް ވެސް އެކުންފުނިން ކަސްޓަމަރުންނަށް ދަނީ ބާރުއަޅަމުންނެވެ.

comment ކޮމެންޓް