ކޮއްދިއްޕަރު ރިސޯޓުން ޝައްކު ކުރެވޭ މީހަކު ފެނުމުން މޮނިޓަރިންނަށް

ކޮއްދިއްޕަރު ރިސޯޓު: އެ ރިސޯޓުން ކޮވޮޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމުން ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތައް ގެނައިސްފައި -- ފައިލް ފޮޓޯ: ވިޒިޓް މޯލްޑިވްސް

ގްރޭންޑް ޕާރކް ކޮއްދިއްޕަރު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ފެނުމުން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ބިދޭސީއެއްގެ ފުށުން ކަމަށާއި އެ މީހާގެ ހަށިގަނޑުގައި ވައިރަސް ހުރިތޯ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މީހާގެ ނަތީޖާ ލިބެންދެން އެ ރިސޯޓް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން، ޖޭއޭ މަނަފަރު ރިސޯޓު މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އެ ރިސޯޓުން ޓެސްޓް ކުރަނީ ދިވެއްސެކެވެ. ކޮއްދިއްޕަރާއި މަނަފަރުގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ ރީތި ބީޗު ރިސޯޓެވެ. އެ ރިސޯޓުން ދިވެއްސަކާއި ބިދޭސީއެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.

ރިސޯޓުތަކުގެ އިތުރުން ތިން ސަފާރީއެއް ވެސް އޮތީ މޮނިޓަރިންގަ އެވެ. އެއީ މާހާ ސަފާރީ އާއި އައިލެންޑް ސަފާރީގެ އިތުރުން އިކުއޭޓާރ ސަފާރީ އެވެ.

comment ކޮމެންޓް