ވޮންޑަ ވުމަން 2 ރިލީޒްކުރުން ފަސްކޮށްފި

"ވޮންޑަ ވުމަން2" ރިލީޒްކުރާ ތާރީހް ފަސްކޮށްފި---

ދެހާސް ސަތާރަ ވަނަ އަހަރު ނުކުތް ހޮލީވުޑް ފިލްމް "ވޮންޑާ ވުމަން"ގެ ދެވަނަ ބައި ރިލީޒްކުރުން ފަސްކޮށްފި އެވެ.

މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ފިލްމު ރިލީޒްކުރުން ފަސްކޮށްފައިވާކަމަށް ވޯނާ ބްރަދާޒް އިން ބުންޏެވެ. އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ވޮންޑަ ވުމަން 2 މިހާރު ރިލީޒްކުރާނީ އަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.

ގަލް ގެޑޯ ޓަައިޓްލް ރޯލް ކުޅޭ "ވޮންޑަ ވުމަން 2" ގެ އިތުރު ތަރިންނަކީ ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސަން އެވެ. މި ފިލްމަކީ ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ނުކުތް "ވޮންޑަ ވުމަން" އާންމުންގެ މެދުގައި ވަރަށް މަގުބޫލް ފިލްމަކަށް ވެގެން ދިޔަ އިރު ބޮކްސް އޮފީހުގައި ފިލްމަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވީ އިރު އެ ފިލްމް ހަދަން ހަރަދުވީ 149 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް