ކޮރޯނާވައިރަސް: ވަޒީފާއަށް އަސަރުކޮށްގެން މިހާތަނަށް 104 ޝަކުވާއެއް

މާލޭގެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ އާއި ގުޅިގެން އަންނަމުންދާ ބަދަލުތަކާއެކު، މުވައްޒަފުންގެ ވަޒީފާ އާއި ގުޅޭ 104 ޝަކުވާއެއް ލިބިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާ އާއި ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފިނަމަ އެކަން ޖޮޮބްސެންޓަރަށް ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އެދިފައެވެ. ކޮރޯނާ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޖޮބްސެންޓަރަށް މިހާތަނަށް 104 ޝަކުވާ ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ވަޒީފާ އިިން ވަކި ކުރުމާއި، ނޯޕޭ، މުސާރަ އާއި އިނާޔަތްތައް މަދުކުރުން އަދި އެލަވަންސް ނުދިނުމާއި ވަކި މުއްދަތެއް ނެތްގޮތަށް ވަޒީފާ އިން ސަސްޕެންޑް ކުރުން ފަދަ ޝަކުވާތައް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މުވައްޒަފުންނަށް އިހާނެތިިކޮށް ހިތާ ފަރާތްތަކަށް ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުތަކުގައި ސަމާލުކަމެއް ނުދޭނެއެވެ. މީގެ އިތުރުން ވަކިވަކި ކޭސްތަކަށް ބަލައި ޝަކުވާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

"އެއްވެސް ފަރާތެއްގެ ވަޒީފާގެ ހައްގެއް ނުގެއްލޭ ކޮވިޑް19 އާ ހެދި. މި ކަންތައްތަކުގައި ވަކިވަކި ކޭސް ބައި ކޭސް ބަލާފައި އެކަންކަމަށް ފިޔަވަޅު އަޅަމުން ދާނަން،" މަބްރޫކުު ވިދާޅުވިއެވެ.

ވިޔަފާރިތަކަށް އެހީވާން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެ ޕެކޭޖުގެ ދަށުން ފައިސާގެ ދަތިކަމަށް ޖެހިފައިވާ ކުންފުނިތަކަށް ލޯނުތައް ނެގޭނެ އެވެ. ސަރުކާރުން ބުނި ގޮތުގައި ލޯނު ދޫކުރުމުގެ މައިގަނޑު ޝަރުތަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމެވެ.

comment ކޮމެންޓް