ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި

ރާއްޖޭގެ ފެތުންތެރިންގެ އެވޯޑް ނައިޓެއްގެ ތެރެއިން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މީގެ ކުރީން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްވިމިން އެސޯސިއޭޝަންގެ ހަތަރުވަނަ އިންތިހާބު ފަސްކުރުމަށް ނިންމައިފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެ އެސޯސިއޭޝަން އިންތިހާބުގެ ވޯޓުލުން ވަނީ އަންނަ މަހުގެ 11 އަށް ފަސްކޮށްފައި ކަމަށެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީހު ބަދަލުކޮށްފައިވަނީ ކޮރޯނާއާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ދޭ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އިންތިހާބުގެ ދުވަސް ފަސްކުރި ނަމަވެސް އިންތިހާބާ ގުޅުންހުރި އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އިންތިހާބު ބާއްވާނެ ވަގުތާއި ތަން އިއުލާނު ކުރާނީ އަންނަ މަހުގެ ހަތަރެއްގައެވެ.

comment ކޮމެންޓް