ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް ޖެނުއަރީ މަހުގެ ފަހުކޮޅުގައި މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދެކުނުގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 61 އަހަރުގެ މީހެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ފުލުހުންގެ ދެކުނު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ސާވިސް އިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ.

ކުއްޖާގެ އައިޑެންޓިޓީގެ ރައްކާތެރިކަމަށްޓަކައި އެ މައްސަލަ ހިނގި ރަށުގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް