އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅުން މަނާކޮށްފި

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅުން މަނާކޮށްފި އެވެ.

އެ ކައުންސިލުން އިއްޔެ ބުނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަކުގެ ހާލަތު ނިމެންދެން އައްޑޫ ސިޓީގެ އާންމު ތަންތަނަށް އެއްވެ އުޅުން މަނާކުރާ ކަމަށެވެ.

އެގޮތުން އެ ސިޓީގެ ހުރިހާ ޕާކުތަކާއި ފިނިމައިޒާންތައް، ޕިކްނިކް ސަރަަހައްދުތަކާއި ސްވިމިން ޓްރެކް، ކުޅިވައިރު މައިޒާންތައް، ފުޓްބޯޅަ ދަނޑުތައް އަދި އާންމުކޮށް ތާސް ކުޅެން އެއްވެ އުޅޭތަންތަނާއި ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސްބޭނުން ހުއްޓާލާ
ކެމްޕޭން ޖަގަހަތަކުގައި ހިންގާ ހަރަކާތްތައް ހުއްޓާލުމާއި ކެފޭ ރެސްޓޯރަންޓް ތަކުން އިމމާރާތުން ބޭރުން މަގުމަތީގައި ހިދުމަތް ދިނުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ހުކުރު ދުވަހުން ފެށިގެން އެ ސިޓީގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެހެންކަމުން އާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.

ކޮރޯނާ އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަގުމައްޗަށް ނުނިކުތުމަށާއި ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް