ދެމަސްދުވަހަށްފަހު ޗައިނާގެ ހުބެއި ޕްރޮވިންސް އަލުން ހުޅުވާލައިފި

ހުބެއި ޕްރޮވިންސްގެެ އާންމުން މިއަދު ދަތުުރުކުރަނީ

ބެއިޖިންގް (25 މާޗް 2020) : ކޮރޯނާ ވައިރަސް (ކޮވިޑް-19) އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ހުބެއި ޕްރޮވިންސް ދެމަސްދުވަހު ލޮކްޑައުން (ފުރަބަންދު) ކޮށްފައި ބޭއްވުމަށްފަހު އެ ޕްރޮވިންސްއަލުން އަލުން ހުޅުވައިފިއެވެ.

ޗައިނާގެ ސިއްހަތާބެހޭ ވަތަނީ އިދާރާއިން ބުނީ ހުބެއި ޕްރޮވިންސް ހުޅުވާލިނަމަވެސް އެ ޕްރޮވިންސްގެ ވުހާން ސިޓީ އަދިވަނީ ބަންދުކޮށްފައި ކަމަށާ އެސިޓީ ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލްމަހުގެ 8 ގައި ކަމުގައެވެ. ހުބެއި ޕްރޮވިންސް ރޭލްވޭ ސްޓޭޝަންތަކާއި ބައެއް އެއާޕޯޓްތައް ވެސް ހުޅުވާފައިވާއިރު މަގުތަކާއި އެމަގުތަކާ ގުޅިފައިވާ 30 ހައިވޭއެއް ވެސް މިއަދު ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ސިޓީ ތެރެއިން ލާފައި ދެވޭގޮތަށް އޮންނަ ހައިވޭތައްވެސް ހިމެނެއެވެ.

ކޮރޯނާ ވައިރަސް ޗައިނާގެ ކަންކޮޅުތަކުގައި ފެތުރިގަތުމާއެކު ވުހާން ސިޓީ ހިމެނޭގޮތަށް ހުބެއި ޕްރޮވިންސް ފުރަބަންދުކުރީ މިދިޔަ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުއެވެ. ހުބެއި ޕްރޮވިންސް ހުޅުވާލުމާ އެކު އެޕްރޮވިންސްގެ އެކި ސަރަހައްދުތަކާއި އަވަށްތަކުގައި ބަންދުވެފައި ތިބި އާންމުންވަނީ އެ މީހުންގެ އަމިއްލަ ގެއަށް ދިއުމުގެ ދަތުރުތައްފަށާފައެވެ. ނަމަވެސް ބަލި މީހުން ދަތުރުކުރުމުގެ ހުއްދަ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އަދި ނުދެއެވެ.

ހުބެއި ޕްރޮވިންސް ފުރަބަންދު ކުރުމުގެ ސަބަބުން56 ލިއަން މީހުން އެ ޕްރޮވިސްގެ އަވަށްތަކާއި ސިޓީތަކާއި ސަރަހައްދުތަކުގައި ބަންދުވެފައިވާ ކަމަށް ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނެއެވެ.

ޗައިނާގައި ކޮރޯނާވައިރަސް ގެ ހާލަތަށް ބަލާއިރު ފާއިތުވި 3 މަސްތެރޭގައި އެގައުމުގެ 154 ހާސް މީހުންނަށް އެރޯގާ ޖެހިފައިވާއިރު އޭގެތެރެއިން މަރުވެފައިވަނީ 3 ހާސް މީހުންނެވެ. 73 ހާސް މީހުން ރަނގަނޅުވެފައިވާއިރު މިހާރުވެސް 81 ހާސް މީހުން އެރޯގާއަށް ފަރުވާހޯދަމުންގެންދެއެވެ.

މިމާޗް މަހުގެ ކުރީކޮޅުން ފެށިގެން ޗައިނާވަނީ އެގައުމުގައި ކޮރޯނާ ވައިރަސް ކޮންޓްރޯލްކޮށްފައެވެ. ކުރިން ދުވާލެއްގެ މައްޗަށް 3 ހާސްމީހުންނަށް ޗައިނާގައި ކޮރޯނާ ވައިރަސްޖެހޭއިރު މިހާރު ޖެހެނީ ދުވާލެއްގެ މައްޗަށް ދެތިން މީހުންނަށެވެ. ނަމަވެސް އެހެން ގައުމުތަކުން ޗައިނާއަށް އަންނަ އެތަށް ހާސް ބައެއްގެ ތެރެއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބާވީހަކަށް މީހުންނަށް އަދިވެސް ކޮރޯނާވައިރަސް ޖެހެއެވެ. ނަމަވެސް އެހުރިހާ މީހުން ބައިތިއްބަނީ ޗައިނާގެ ސަރަހައްދުތަކަށް ވަނުމުގެ ފުރުސަތު ނުދީ އެކަހެރިކޮށްފައެވެ. ފަރުވާދެނީ އެކެހެރިކޮށްގެންނެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް