އިތުރު ހަފްތާއަކަށް ސަރުކާރު ބަންދުކުރަން ނިންމައިފި

ކެބިނެޓް ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން އަންނަ އާދީއްދަ ދުވަހުން ފެށިގެން އިތުރު ހަފްތާއަކަށް ސަރުކާރު ބަންދުކުރަން ނިންމައިފިއެވެ.

ސަރުކާރު ބަންދުކުރަން ނިންމާފައިވާކަން އިއުލާނުކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންްގެ ބައްދަލުވުމުގަައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން އިތުރު ހަފްތާއަކަށް ސަރުކާރު އޮފީސްތައް ބަންދު ވާނެ ކަމަށާއި، އެ މުއްދަތުގައި ސްކޫލުތަކާއި، ކޮލެޖުތަކާއި ޔުނިވާސިޓީތައް ވެސް ބަންދުވާނެ ކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 19 ން ފެށިގެން މާދަމާގެ ނިޔަލަށް ސަރުކާރު ބަންދުކުރިއެވެ.

comment ކޮމެންޓް