ބިލަށް ފައިސާ ދައްކަން ސްޓެލްކޯގެ ވެބްސައިޓާއި އެޕްލިކޭޝަން ބޭނުންކުރަން އިލްތިމާސްކޮށްފި

ސްޓެލްކޯ--- ސަން ފޮޓޯ

ކަރަންޓު ބިލަށް ފައިސާ ދެއްކުމުގައި ސްޓެލްކޯގެ ވެބްސައިޓާއި އެޕްލިކޭޝަން ބޭނުންކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯއިން މިފަދައިން ބުނީ ކޮވިޑް19އާ ގުޅިގެން ބޭރަށް ނިކުތުން މަދު ކުރުމަށާއި އާންމުން އެއްވެ އުޅޭ ފަދަ ތަންތަނަށް ނުދިއުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އަންގާފައިވުމުންނެވެ.

ކޮވިޑް19އާ ގުޅިގެން އާންމުންގެ މާލީ ހާލަތަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެން ބިލުން 30 ޕަސެންޓު އަދި ކަރަންޓު ބިލުން 40 ޕަސެންޓު ސަބްސިޑައިޒް ކޮށްދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ އެ އެންގުމާ އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯއިން ބުނީ އަންނަ އޭޕްރީލް އަދި މެއި މަހުގެ ބިލުތައް ތައްޔާރުކުރާނީ ސަބްސިޑީ ހިމަނައިގެން ކަމަށެވެ.

މާޗު މަހުގެ ބިލު ސްޓެލްކޯގެ އެޕްލިކޭޝަން އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް މިއަދު ފޮނުވާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވުމާއެކު އާންމުން ގޭގައި ތިބުމަށް އެންގުމުން ކަރަންޓު ބޭނުންކުރާނެ މިންވަރު އިތުރުވާނެތީ އެކަމަށް ސަމާލުވުމަށް ވެސް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް