65 އަހަރުން މަތީގެ މީހުން ޖެންޑާއާ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށްމާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސްގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވަނީ 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތު އެއްކުރުމަށް ގޫގުލް ފޯމެއް ފުރުމަށް ހުޅުވާލައިފަ އެވެ.

އެ ފޯމުގައި އެމީހުން މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަމްބަރާއި، ދިރިއުޅުމުގެ ހާލަތާއި، އެއްވެސް ކަހަލަ ބައްޔެއް ހުންނަ ނަމަ އެ މައުލޫމާތު ހިއްސާކުރަން އެދިފައިވެ އެވެ.

ކޮރޯނާވައިރަހަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އޭގެ ސަބަބުން ނުރައްކާ ބޮޑު ވައިރަހަކަށް ވާތީ، އުމުރުން 65 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ޕެންޝަން އޮފީހުގެ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި އުމުރުން 65 އަހަރު ފުރިގެން އިނާޔަތް ލިބޭ 17،000 މީހުން އެބަތިއްބެވެ.

comment ކޮމެންޓް