މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޖެނުއަރީ 5، 2020: މާލޭގެ އިމާރާތްތަކާ ގެދޮރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިމާރާތުގައި މީހަކު ވެއްޓިފަައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 21:43 ހާއިރު ކަމަށެވެ.

ބިދޭސީ މީހާ ފެނިފައި ވަނީ މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރެއިންނެވެ. ވެއްޓިފައި އޮތީ 41 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެމީހާގެ އަނގައިންނާ ނޭފަތުން ލޭ އައިސްފައިވާ ކަމަށާއި، ވަގުތުން އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް