ކުޅުދުއްފުށީގައި މުސަޅުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން ވަގަށް ނެގި މުސަޅުތައް --

ކުޅުދުއްފުށި ސިޓީގެ ގެއަކުން މުސަޅުތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މުސަޅުތަކެއް ވަގަށް ނެގި މައްސަލަ ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެ ގެއިން ފަސް މުސަޅު ވަގަށް ނެގި ކަމަށާއި، އޭގެ ތެރެއިން ހަތަރު މުސަޅު އިއްޔެ ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަަވެސް އެއް މުސަޅު އަދިވެސް ފެނިފައި ނުވާތީ، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ވައްކަމުގެ ތުހުމަތުގައި އެރަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް