އައްޑޫ މީދޫ ކުޅި ސަރަހައްދުގައި ރޯވެ އަނދަނީ

މީދޫ ކުޅި ސަރަހައްދުގައި ރޯވެފައި -- ފޮޓޯ/އެމްއެންޑީއެފް

އައްޑޫ ސިޓީ މީދޫ ކުޅި ސަރަހައްދުގައި ރޯވެ އަނދަމުން ދާތީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފަައި ވަނީ މިއަދު މެންދުރު 1:15 ހާއިރު ކަމަށެވެ. އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވެ އެވެ.

މިއަދު މެންދުރު 3:15 ހާއިރު، އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަދި ކޮންޓްރޯލް ކުރެވިފައި ވަނީ އަލިފާންގަނޑުގެ 50 ޕަސެންޓު ކަމަށެވެ.

އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އަދި މުޅި ސަރަހައްދުގައި ވަރަށް ބޮޑަށް ހުރީ ދުން ހިފައިފަ އެވެ.

comment ކޮމެންޓް