އެކްޓަރު އަމާލާ ކައިވެނިކޮށްފި

އެކްޓަރު އަމާލާ އާއި ލަވަކިޔުންތެރިޔާ ބަވިންދަރު---

އިންޑިއާގެ ފިލްމީތަރި އަމާލާ ޕައުލް 28، ކައިވެނިކޮށްފި އެވެ.

އޭނާ ކައިވެނިކުރީ މުމްބާއީގެ ލަވަކިޔުންތެރިޔާ ބަވިންދަރު ސިންހް 35، އާ އެވެ. ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކަކަށް ފަހު ދެތަރިން ކައިވެނިކުރީ ސިއްރު ހަފްލާއެއްގައި ކަމަށް ޚަބަރުތައް ބުނެ އެވެ. ލަވަކިޔުންތެރިޔާ ބަވިންދަރު ވަނީ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ފަހު ޑިލީޓްކޮށްފަ އެވެ. ދެތަރިން ކައިވެނި ކުރިކަން ރަސްމީކޮށް ބަވިންދަރު ވެސް އަމާލާ ވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެދެމީހުންގެ ކައިވެނީގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ފެތުރެމުންނެވެ.

އަމާލާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފަ އެވެ. ޑައިރެކްޓަރު ވިޖޭ އާއި ކުރި ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުގަ އެވެ. އެމީހުން ކައިވެނި ކުރީ 2014 ވަނަ އަހަރުގަ އެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް