އެއާޕޯޓުގެ މަގުތައް ޑިސް އިންފެކްޓު ކުރަނީ

ވީއައިއޭގެ މަގުތައް ޑިސްއިންފެކްޓު ކުރަން ފެށުން -- ފޮޓޯ: އެމްއޭސީއެލް

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތަކާއި އޯޕަން އޭރިއާތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން އެއާޕޯޓުގައި ހިމެނޭ މަގުތަކާއި އޯޕަން އޭރިއާތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ރޭ ފަށާފައިވާކަމަށެވެ.

ވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ އިންޓަނޭޝަނަލް ފަސިންޖަރުންގެ ޓެމްޕަރޭޗާ ޗެކް ކުރަންވެސް ފަށައިފަ އެވެ. އެއާޕޯޓުގެ އެރައިވަލް ޓާމިނަލުގައި ތާމަލް ކެމެރާ ބަހައްޓައިގެން ރާއްޖެ އަންނަ ފަސިންޖަރުން މޮނީޓާ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދެ އެވެ.

އެމްއޭސީއެލް އިން ވަނީ އެއާޕޯޓުގެ ފާހާނާތަކާއި ޓާމިނަލްތައް އަދި ފަސިންޖަރުން މަޑުކޮށްގެން ތިބޭ ސަރަހައްދުތައް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތްވެސް މީގެ ކުރިން ފަށައިފަ އެވެ.

ކޮރޯނާ އާއި ގުޅިގެން މާލެ ސިޓީގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތްވެސް މިއަދު ވަނީ ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ތިން މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް