ހުންއައިސް ބަލިވެ އެކަނި މަގުމަތީގައި އިން މީހަކު ހޮސްޕިޓަލަށް ގެންގޮސްފި

ގަޑިބުރު ކައިރީގައި ހުންއައިސްފައި އިން ބިދޭސީ މީހާ ކައިރީގައި ފުލުހުން ---

މާލޭގެ މަގުމަތީގައި ހުންއައިސް ބަލިވެ އިން މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މާފަންނު ގަޑިބުރު ކައިރީގައި 'ވަރަށް ބޮޑަށް ހުންއައިސްފައި' ހުރި ބިދޭސީއެއް އިންކަމަށް ބުނެ ރިޕޯޓް ކޮށްފައިވަނީ މިރޭ ހަތެއް ޖަހަނިކޮށް ކަމަށެވެ.

ފުލުހުންގެ އެހީތެރިކަމާ އެކު އެމްބިއުލެންސްގައި އެ މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދި ނުލިބެއެވެ.

ޕިއްޒާ ބޯނާ ކައިރީގައި ހުންއައިސްފައި އިން ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދަނީ ---

ހަލުވިކަމާ އެކު މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ރާއްޖެއަށް ވެސް އޮތުމާއެކު އެބަލިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. އެގޮތުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓް ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް