އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ރަޖިސްޓްރޭޝަން މަޑުޖައްސާލައިފި

ހެލްތު މިނިސްޓްރީ

ކޮވިޑް19 އާ ގުޅިގެން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން އާކުރުން މެދުކަނޑާލައިފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހެލްތު ކައުންސިލްގެ ރެޖިސްޓްރޭޝަން އާކުރުން އަންނަ މޭ މަހުގެ 19 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް އެ މުއްދަތުގައި ރަޖެސްޓްރޭޝަންގެ މުއްދަތު ހަމަވާ ފަރާތްތައް ރަޖިސްޓްރޭޝަން އާނުކޮށް އެލައިޑް ހެލްތު ޕްރޮފެޝަންލުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން މޯލްޑިވްސް އެލައިޑު ހެލްތު ކައުންސިލް އުފެއްދީ 2015 ވަނަ އަހަރު އެވެ.

އެ ކައުންސިލުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުންނާއި، ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުންނާއި ކޮމިއުނިޓީ ހެލްތު ޕްރޮފެޝަނަލުންނާއި ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުންނާއި މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުންނާއި ޓްރެޑިޝަނަލް، އޯލްޓަރނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގްގެ ޕްރޮފެޝަނަލުން އަދި ފާމަސީ ޕްރޮފެޝަނަލުން ހިމެނެ އެވެ.

comment ކޮމެންޓް