ހުޅުމާލޭ ހުސްބިމެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭގެ ހުސްބިމުގައި ރޯވި އަލިފާންގަނޑު ނިންވާލާފައި -- ފޮޓޯ/ އެމްއެންޑީއެފް

ހުޅުމާލޭ ހުސްބިމެއްގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނު 10:45 އެހާކަށްހާއިރު އެވެ.

މާގިނައިރުތަކެއް ނުވެ، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ އަލިފާން ނިއްވާލާފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ ކައުންޓްލައިން ފިހާރައާ ދިމާލުން ހިރުނދުމަގުގައި ހުރި ހުސްބިމެއްގައި ކަމަށާއި މިިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.

ހުޅުމާލޭގައި އަލިފާން ރޯވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލިފާން ރޯވީ ހުސްބިމިގައި ހުރި އެލުމިނިއަމް އެއްޗެހިތަކެއްގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، މިއަދު ހެނދުނު ތިލަފުށީ އެމްޓީސީސީ ސައިޓުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. އަލިފާން ރޯވީ އެ ސައިޓުގައު ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް