ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް އޮންލައިންކޮށް ދިމާޓުން ލިބޭނެ

"ދިމާޓް" ހިދުމަތް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ދި މާޓް

އެއްވެ އުޅުން މަދުކޮށް ސޯޝަލް ޑިސްޓެންސްކުރުމަށް ސަރުކާރުންނާއި ސިއްހީ ދާއިރާގެ މާހިރުން ބާރު އަޅަމުންދާ ދުވަސްވަރެއްގައި ހުރިހާ މަސައްކަތެއްވެސް ގޭގައި ހުރެގެން ކުރެވެން ބޭނުންވާނެއެވެ. އެންމެ ގިނަ ފަހަރަށް ގެއިން ބޭރަށް ދާން މި ޖެހެނީ ގެއަށް ބޭނުންވާ ސާމާނުތައް ގަތުމަށެވެ. ނަމަވެސް ކާން ބޭނުންވާ ތަކެތީން ފެށިގެން ގެއަށް ބޭނުންވާ އެހެން ހުރިހާ އެއްޗެހި މިހާރު އޮންލައިންކޮށް ގަނެލެވޭނެއެވެ. އޮންލައިން ވިޔަފާރި "ދިމާޓް" އިން މިހާރު ގޭގައި އޮވެގެން ގެއަށް ބޭނުންވާ ތަކެތި ގެއަށް ގެނެވޭނެއެވެ.

މިއަހަރު އަލަށް ރާއްޖޭގައި ތައާރަފުކުރި އޮންލައިން ވިޔަފާރި ކުންފުނި ކަމަށްވާ "ދިމާޓް" އާއެކު މުޅި މާޓް ގެއާ ހަމައަށް ގެންދެވޭނެއެވެ.

ދިމާޓް އިން މިއަދު ބުނީ ރާއްޖޭގެ އޮންލައިން ފިހާރައެއް ކަމަށްވާ ދިމާޓްގައި މާލޭގެ ބޮޑެތި މާޓުތަކުން ލިބޭ ހުރިހާ ޒާތެއްގެ ތަކެތި ލިބޭނެ ކަމަށެވެ. އެގޮތުން ކެއްކުމަށް ބޭނުންވާ ތަކެތީން ފެށިގެން ގެއާއި ބަދިގެއަށް ބޭނުންވާ ތަކެތި ދިމާޓް އިން ލިބޭނެއެވެ.

ދިމާޓް ވެބްސައިޓުން ގަންނަން ބޭނުންވާ ތަކެތި 14 ބަޔަކަށް ބަހާލެވިފައިވެއެވެ. އޭގެތެރޭގައި މޭވާ އާއި ތަރުކާރީ އަދި ސްޓޭޝަނަރީ ތަކެއްޗާއި މަހުގެ ބާވަތުގެ އިތުރުން އިލެކްޓްރޯނިކްސް އަދި ރީތިވާ ސާމާނު ހިމެނެއެވެ.

ގޭގައި ތިބެގެން ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުމުން އިތުރަށް އެއްވެސް ފައިސާއެއް ނުނަގާ ގެއަށް ޑެލިވަރީ ކޮށްދިނުމަކީ ދިމާޓުގެ ހާއްސަ ކަމެއް ކަމަށް އެ ފިހާރައިން ބުނެއެވެ.

ދިމާޓް އިން ބުނީ ހެނދުނު 10:00 އިން ފެށީގެން 22:00ގެ ނިޔަލަށް ޑެލިވަރީ ކޮށްދޭނެ ކަމަށާއި ކަސްޓަމަރުން ބޭނުންވާ ތަކެތި ޑެލިވަރީ ކޮށްދޭން ބޭނުންވާ ގަޑިއެއް ކަނޑައެޅުމުގެ ހިދުމަތް އެ ވެބްސައިޓުގައި ހުންނާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ހުރިހާ ހުރިހާ ސަރަހައްދުތަކަށް ދިމާޓް އިން ތަކެތި ހިލޭ ފޯރުކޮށްދޭނެއެވެ. އޭގެއިތުރުން ރަށްރަށުން ދިމާޓް މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކަށް އެރަށަކަށް ދާ ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެ ކަމަށް ދިމާޓް އިން ވަނީ ބުނެފައެވެ.

ދިމާޓް އިން ބުނީ މިވަގުތު މާލެ އާއި ހުޅުމާލެއަށް އެކަނި އެ ހިދުމަތް ފޯރުކޮށްދިން ނަމަވެސް އެ ހިދުމަތް އިތުރަށް ރަށްރަށަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ދިމާޓްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ 31 ގައެވެ.

comment ކޮމެންޓް