ނޭމާ ހުރީ މިފަހަރުވެސް ބާސާއަށް އެނބުރި ދާން ތައްޔާރަށް

ޕީއެސްޖީގައި ހުރެ ކުޅުނު މެޗެއްގައި ނޭމާ --- ފޮޓޯ : ގޯލް

ޕީއެސްޖީގެ ނޭމާ އަލުން ބާސެލޯނާއަށް އެނބުރި ދިޔުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ އިޝާރާތެއް އޭނާ ކޮށްފިއެވެ.

މީގެ ތިން އަހަރު ކުރީން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީއަށް ބަދަލުވި ނޭމާ ވަނީ މިދިޔަ އަހަރުގެ ޓްރާންސްފާ މާކެޓުގައިވެސް އަނބުރާ ބާސެލޯނާއަށް ދިޔުމަށް މަސައްކަތްކޮށްފައެވެ. އަދި ބާސެލޯނާއިންވެސް އޭނާ ގެންދިޔުމަށް ތަފާތު ގޮތްތަކަށް މަސައްކަތްކޮށްފައި ވެއެވެ.

ނޭމާ ދާދި ފަހުން ބުނެފައިވަނީ މިދިޔަ އަހަރުގެ ޓްރާންސްފާ މާކެޓުގައި ބާސެލޯނާއަށް ނުދެވުނު ނަމަވެސް މިފަހަރު ކޮންމެގޮތެއް ހަދާފައި ނަމަވެސް އެ ޓީމަށް އަނބުރާ ދިޔުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ބާސެލޯނާއިން ވަނީ މިދިޔަ އަހަރުގެ ޓްރާންސްފާގައި ތަފާތު ތިން ބިޑެއްގައި ނޭމާ ހޯދަން ކޮށްފައެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ހަތަރު ކުޅުންތެރިއަކު ވެސް ހިމެނި އެވެ. އެއީ ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ޓޮޑީބޯ އާއި ވިންގް އޮސްމާން ޑެމްބެލޭގެ އިތުރުން ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އަދި ބަޔާން މިއުނިކަށް މި ފަހަރު ބަދަލުވި ފިލިޕޭ ކުޓީނިއޯއެވެ.

ނަމަވެސް ޕީއެސްޖީއިން ނޭމާ ޓީމު ބަދަލުކުރުމަށް ސޭލް އެއް ހަދާފައި ނުވުމުގެ ސަބަބުން ނޭމާއަށް ބާސެލޯނާއަށް ދެވޭގޮތެއް ނުވިއެވެ.

ނޭމާ އެންމެ ފުރަތަމަ ބާސެލޯނާއަށް ގުޅުނީ 2013 ވަނަ އަހަރުގައެވެ. އަދި ހަތަރު އަހަރުގެ ތެރޭގައި އެ ޓީމުގައި ހުރެ ނޭމާ ވަނީ 123 މެޗުން 68 ގޯލު ޖަހާފައެވެ.

comment ކޮމެންޓް