ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ސްޕޯޓްސް ކައުންސިލަރަކު ހައްޔަރުކޮށްފި

ކުޑަކުދިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުތުރުގެ ރަށެއްގެ ސްޕޯޓްސް ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.

އުތުރުގެ ރަށެއްގައި އުމުރުން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އެ ހާދިސާ ހިނގި ރަށުގެ ސްޕޯޓްސް ކައުންސިލަރެވެ. އެކަން އެ ރަށު ކައުންސިލުންވެސް ކަށަވަރުކޮށްދިނެވެ.

ސްޕޯޓްސް ކައުންސިލަރުންގެ ޒިންމާ އަކީ ރަށު ފެންވަރުގައި ކުޅިވަރާއި ދުޅަހެޔޮކަމާ ގުޅޭ ކަންކަން ރާވައި އިންތިޒާމު ކުރުމެވެ.

comment ކޮމެންޓް