މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މެދު ރާއްޖެއާއި ދެކުނުގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވެ، ވިއްސާރަކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ބުނެފިއެވެ.

މެޓް އޮފީހުން ދާދި ދެންމެއަކު ބުނެފައިވަނީ ކ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާ ހަމައަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 3:00ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފައެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އެގޮތުން އާންމުގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު ތިން މޭލާއި 13 މޭލުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންނަމަވެސް ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް