ވީއައިއޭގައި ކޮވިޑް19 ކޯޑިނޭޓިން ސެންޓަރެއް ގާއިމުކޮށްފި

ވީއައިއޭގައި ގާއިމުކުރި ކޮވިޑް19 ކޯޑިނޭޓިން ސެންޓަރުގައި އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު-- ފޮޓޯ/އެމްއޭސީއެލް

ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް19 ކޯޑިނޭޓިން ސެންޓަރެއް ގާއިމުކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ މިއީ އެކުންފުނިން ކޮވިޑް19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހުޅުވި ސެންޓަރެއް ކަމަށެވެ.

ކޮވިޑް19 ފެތުރުން މަދު ކުރުމަށް ކުރަމުންދާ ހުރިހާ މަސައްކަތްތެއް ވެސް ކުރާނީ މި ސެންޓަރުން ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެމްއޭސީއެލްއިން މީގެ ކުރިން ވެސް ވަނީ ފިޔަވަޅުތައް އަޅައިފަ އެވެ.

އެގޮތުން ވީއައިއޭއިން ފުރާ މީހުންގެ ޓެމްޕަރޭޗާ ސްކްރީން ކުރުމާއި އެއާޕޯޓު ޑިސްއިންފެކްޓު ކުރުމުގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއް ވެސް އެއާޕޯޓުގައި ވަނީ ގާއިމްުކޮށްފަ އެވެ.

ހަމައެއާ އެކު އެމްއޭސީއެލްގައި މަސައްކަތްކުރާ އުމުރުން ދުވަސްވީ މުވައްޒަފުންނާއި ސިއްހީ ގޮތުން އެ ބަލި ޖެހުމުގެ ފުރުސަތު އޮތް މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތަށް އެކުންފުނިން ވަނީ ޗުއްޓީއެއް ވެސް ހަމަޖައްސައިދީފަ އެވެ.

comment ކޮމެންޓް