ކޮރޯނާވައިރަސް: ބޮޑުފޮޅުދޫ އާއި އީކުއޭޓާ ސަފާރީ މޮނީޓާ ކުރަނީ

އއ. ބޮޑުފޮޅުދޫ--

އީކުއޭޓާ ސަފާރީ އާއި އއ. ބޮޑުފޮޅުދޫގެ ގެސްޓްހައުސްއަކުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކުކުރެވޭ ދެ މީހަކު ފެނުމާއެކު އެ ސަފާރީއާއި ރަށް، މޮނީޓަރިން ހާލަތަށް ގެނެސްފި އެވެ.

ކޮރޯނާވައިރަސްއާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން، މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ އީކުއޭޓާ ސަފާރީން ދިވެއްސަކު ވައިރަހަށް ޝައްކުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަލަށް ރިޕޯޓުކުރި ދެވަނަ ކޭސްއަކީ އއ. ބޮޑުފޮޅުދޫގެ ހޮލިޑޭ ވިލެޖުން ބިދޭސީއަކު އެ ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓުކުރި ކޭސްއެއް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އެއާއެކު އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި ޑޮކްޓަރުންގެ ޓީމެއް މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮރޯނާވައިރަސްއަށް މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކުން 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

comment ކޮމެންޓް