އެކްޓަރު މަލީކާ އަށް ފިރިހެން ކުއްޖެއް

މަލީކާ އާއި ގެނެސިސް---

ހޮލީވުޑްގެ އެކްޓަރު މަލީކާ ހާއްގް އަށް ފިރިހެން ކުއްޖެއް ލިބިއްޖެ އެވެ.

މަލީކާ ވިހާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން މަލީކާ ބުނީ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. ދރިފުޅަށް ކީ ނަމަކީ އޭސް ގެނެސިސް އެވެ.

އެ ދަރިފުޅުގެ ބައްޕަ އަކީ މަޝްހޫރު ރެޕާ އޯޑިސް އޮލިވާ ފްލޯރެސް (އޯޓީ ގެެނެސިސް) އެވެ. މަލީކާ އާއި ޖެނެސިސް ލޯބީގެ ގޮތުން ގުޅިފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެދެތަރިން މިދިޔަ އަހަރު ޖޫން މަހު ވަނީ ވަކިވެފައެވެ. މަލީކާ ބަނޑުބޮޑުކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރީ މިދިޔަ ސެޕްޓެމްބަރުގައެވެ.

މަލީކާ އަކީ ކްލޯއީ ކާޑޭޝިއަންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.

comment ކޮމެންޓް