ގޭގައި ތިބެގެން ވެސް ލެމަންގްރާސްގެ މީރު ރަހަތަކަށް އިންސާފުކުރެވޭނެ

ލެމަންގްރާސްގެ ސެޓް މީލް ޓޭކްއަވޭ -- ފޮޓޯ: ލެމަން ގްރާސް

މިހާރު ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ. ބަލިން ރައްކާތެރިވެ ތިބުމަށް އިޖުތިމާއީ ގައިދުރުކަން ހިޔާރުކޮށް، ބޭރަށް ނުނިކުމެ ގޭގައި ތިބެން ޑޮކްޓަރުން ވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.

މި އިލްތިމާސް އާ އެކު ގިނަ ބަޔަކު ވަނީ ބޭރުގައި އުޅުން މަދުކޮށްފަ އެވެ. ކެފޭ ރެސްޓޯރެންޓުތަކަށް ގޮސްތިބުމުގެ ކަންތައް ވެސް ދަނީ މަދުވަމުންނެވެ. ސަރުކާރުގެ އިލްތިމާސްއާ އެކު، ކެއިންބުއިމުގެ ހިދުމަތްދޭ ގިނަ ތަންތަނުން ދަނީ ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ފުޅާކުރަމުންނެވެ.

ލެމަންގްރާސްގެ ސެޓް މީލް ޓޭކްއަވޭ -- ފޮޓޯ: ލެމަން ގްރާސް

ގިނަ ބަޔެއްގެ މެދުގައި މަގުބޫލު، އަދި ކެއުން ބުއިމުގެ ހިދުމަތްދޭތާ 20 އަހަރު ވެފައިވާ ލެމަންގްރާސް އިންވެސް ދަނީ ކޮވިޑާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންނެވެ. ލެމަންގްރާސްގެ ރެސްޓޯރެންޓުތަކަށް ދާ ކަސްޓަމަރުން، ރެސްޓޯރެންޓަށް ވަދެ އިށީނުމާ އެކު އަތް ސާފުކުރުމަށް ސެނިޓައިޒާ ފޯރުކޮށްދެ އެވެ. ކަސްޓަމަރުން ކައިގެން ނިކުތުމާ އެކު ގޮނޑި އާއި މޭޒު ސާފުކޮށް ސެނިޓައިޒް ކުރެ އެވެ.

ލެމަންގްރާސްގެ ސެޓް މީލް ޓޭކްއަވޭ -- ފޮޓޯ: ލެމަން ގްރާސް

ބޭރަށް ނިކުތުން އެއްކޮށް މަނާނުކުރި ނަމަވެސް، ގޭގައި ތިބުމަށް ކުރާ އިލްތިމާސްއާ އެކު، ލެމަންގްރާސްގެ ރަހަތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިހާރު ވަނީ ހާއްސަ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތެއް ވެސް ފަށައިފަ އެވެ. މާފަންނު އީދު މިސްކިތް ކައިރީ ހުންނަ ލެމަންގްރާސްގެ އައުޓްލެޓުން މި ހިދުމަތް ފަށާފައިވާ އިރު ކުރިއަށް އޮތްތަނުގައި އެހެން އައުޓްލެޓްތަކަށް ވެސް މި ހިދުމަތް ފުޅާ ކުރާނެ އެވެ.

ލެމަންގްރާސްގެ ސެޓް މީލް ޓޭކްއަވޭ -- ފޮޓޯ: ލެމަން ގްރާސް

ޓޭކްއަވޭ އަދި ޑެލިވަރީ މެނޫގައި ކަސްޓަމަރުންނަށް ކަމުދާނެ ހުރިހާ ރަހައެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ބަތާއި ނޫޑްލްސް، އަދި ރޮއްޓާއި އެކި ބާވަތްތަކުގެ މަހުގެ ރަހަތައް ހިމަނާފައިވެ އެވެ.

ލެމަންގްރާސް އިން ކަސްޓަމަރުންނަށް ދޭ ޔަގީންކަމަކީ ކޮރޯނާގެ ހާލަތުގައި ބޭރަށް ނުނިކުންނަ ކަސްޓަމަރުންނަށް ކަމުދާ ރަހަތައް ކަސްޓަމަރުންގެ ގޭގެ ކާމޭޒާ ހަމައަށް ލެމަން ގްރާސްގެ ސިގްނޭޗާ މީރު ރަހަތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަމެވެ. ގުޅުއްވާނީ: 3338604 އަދި 7935353 އަށެވެ.

comment ކޮމެންޓް