ސްކޫލުތައް ހުޅުވަންދެން ހުރިހާ ގަޑިއެއްގައި މުދާ އުފުލޭނެ

ސްކޫލުތައް ހުޅުވެންދެން ހުރިހާ ވަގުތެއްގައި މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓު އޮތޯރިޓީ އިން ދީފި އެވެ.

އެ އޮތޯރިޓީ އިން ބުނީ މާލެ އާއި ހުޅުމާލޭގައި ވަކި ވަގުތެއްގައި 350 ކިލޯ އިން މަތީގެ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތްނަމަވެސް، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުުމުން މިމަހުގެ 17 އިން ފެށިގެން، ސްކޫލުތައް ހުޅުވެންދެން މާލެ އާއި ހުޅުމާލޭގައި ކޮންމެ ވަގުތަކުވެސް މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން ދުއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ ޖުލައި މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި 350 ކިލޯ އިން މަތީގެ އުޅަނދުތައް ދުއްވުން މަނާކޮށްފަ އެވެ.

މީގެ ކުރިން ރޯދަ މަހާއި ސްކޫލު ބަންދާ ދިމާކޮށްވެސް މުދާ އުފުލާ ގަޑިތަކަށް ވަނީ ލުއި ދީފަ އެވެ.

comment ކޮމެންޓް