ކޮރޯނާވައިރަސް: ޖަރުމަނުގެ ގައުމީ ޓީމުން 2.8 މިލިއަން ޑޮލަރުގެ އެހީއެއް

ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމް --- ފޮޓޯ : ވިކިވޯންޑް

ކޮވިޑް-19 އާ ގުޅިގެން އެހީތެރިވަމުންދާ ކުންފުންޏަކަށް ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމުން 2.8 މިލިއަން ޑޮލަރުގެ އެހީއެއް ވުމަށް ނިންމައިފި އެވެ.

ޖަރުމަނުގެ ކުންފުންޏަކަށް އެ ފައިސާ ދިނުމަށް ހަމަޖެއްސުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯޅަ އާއި އެހެން ކުޅިވަރުތައް ހުއްޓިފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ މުހިއްމު ކަމަކީ އާންމުންގެ ސިއްހަތު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގައުމީ ޓީމުގައި ހިމެނޭ ލިއޯން ގޮރެޒްކާ ބުނެފައިވަނީ ޓީމުން 2.8 މިލިއަން ޑޮލަރުގެ އެހީއެއް، ކޮވިޑް-19 އަށް ހަނގުރާމަ ކުރުމަށް ފޯރުކޮށްދިނުމާ ގުޅިގެން އެހެން ފަރާތްތަކުންވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ކުޅިވަރު ކުޅުންތެރީންނާއި ޖަމިއްޔާތައް އަދި ކްލަބުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފީފާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް 10 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް