ފަސް ދިވެހިންނާ އެކު މަހަށް ނުކުތް ދޯންޏެއް ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ އަލަމަސް ދޯނި ---- ފޮޓޯ/ އެމްއެންޑިއެފް

ފަސް ދިވެހިންނާއެކު ދަތުރުކުރަމުން ދިޔަ މަސް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑިއެފް އަށް މި ހާދިސާގެ ރިޕޯޓު ލިބުނީ، މިއަދު މެންދުރު ފަހު 3:20 ގައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ 35 ފޫޓުގެ "އަލަމަސް" ނަމަަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 9:50 ގައި ވ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ.

ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް ލިއްބިއްޖެ ނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފްގެ ކޯސްޓްގާޑު ނަންބަރު 191 އަށް އެންގުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ.

comment ކޮމެންޓް