ކޮރޯނާވައިރަސް: ފްރޯޒެން 2 އަށް އަޑުއެޅި ރޭޗަލްއަށް ވެސް ވައިރަސް ޖެހިއްޖެ

ބަތަލާ ރޭޗަލް---

ފްރޯޒެން 2 އިން ފެނިގެންދިޔަ ކެރެކްޓާ ހަނީ މަރެން އަށް އަޑު އަޅައިދިން އެކްޓަރު ރޭޗަލް މެތިއުސް 26، ކޮރޯނާއަށް ޕޮޒިޓިވްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މީގެ ދެހަފްތާ އެއް ކުރިން ރޭޗަލް ވަނީ ކަރަންޓީން ކުރެވިފައެވެ. އޭނާ ކޮރޯނާ އަށް ޕޮޒިޓިވްވިކަން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް އަންގައިފައެވެ. ރޭޗަލް ބުނީ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށާއި އާންމުންނަށް އެހީއެއްގެ ގޮތުން ކޮރޯނާ އާ ގުޅޭ މައުލޫމާތުތަކެއް އިންސްޓަގްރާމްގައި ހިއްސާކުރާނެކަމަށެވެ.

"އެއްވެސް މީހަކު ކޮރޯނާ އާ ގުޅޭ ގޮތުން ހިތުގައި ސުވާލެއ އުފެދިއްޖިއްޔާ މެސެޖްކޮށްލާ. ވަގުތު ވާ ވަރަކުން ރިޕްލައި ކުރާނަން. މި ދަނޑިވަޅުގައި ބޭނުން ގިނަ މީހުންނަށް އެހީވާން،"

ރޭޗަލް ކޮރޯނާ އަށް ޕޮޒިޓިވް ވިއިރު އެކްޓަރު އިދްރީސް އެލްބާގެ އިތުރުން ގޭމް އޮފް ތްރޯންސްގެ އެކްޓަރު ކްރިސްޓޮފާ ވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް