ބިގްބޮސް މަލަޔާލަމް ސީޒަން 2 ފަސްކޮށްފި

ބިގްބޮސް މަލަޔާލަމްގެ ހޯސްޓް--

ބިގްބޮސް މަލަޔާލަމްގެ ސީޒަން 2 ދެއްކުން ފަސްކޮށްފިއެވެ.

ރިއަލިޓީ ޝޯ ބިގްބޮސް ފަސްކުރީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ސަބަބުންނެވެ. ރިއަލިޓީ ޝޯ ގެނެސްދޭ ޓީމުން ކުރި ޓްވީޓެއްގައި ބުނީ ޝޯ ފަސްކުރީ ހުރިހާ އެންމެންގެވެސް ރައްކަލަކަށްކަމަށެވެ. މި ވަގުތު އެންމެ މުހިންމީ އެންމެންގެ ފުރާނައާއި ސިއްހަތު ކަމަށްވެސް އެ ޓީމުން ކުރި ޓްވީޓުގައި ބުންޏެވެ.

ބިގްބޮސް މަލަޔާލަމް ސީޒަން 2 ފަސްކުރި ނަމަވެސް އަލުން އެ ދައްކާނެ ތާރީޚެއް ހާމަކޮށްފައެއްނުވެއެވެ. ބޮލީވުޑުން ވަނީ މި މަހުގެ ނިޔަލަށް އެއްވެސް ޕްރޮޖެކްޓެއްގެ ޕްރޮޑަކްޝަން މަސައްކަތްކުރުން އެއްކޮށް މަނާކޮށްފައެވެ.

ދާދިފަހުން ވަނީ ކަލާޒް ޗެނަލުން ގެނެސްދޭ ބިގްބޮސް 13 ގެނެސްދީފައެވެ. އެ ޝޯ ކާމިޔާބުކުރީ އެކްޓަރު ސިދާތު ޝުކްލާއެވެ.

comment ކޮމެންޓް