އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

ފޮޓޯ: އޭސް ހާޑްވެއާ

ރޯދަ އަށް ހާއްސަކޮށް އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރު އަދި ކަލާ ބޭންކް ގުޅިގެން ކުރިއަށްގެންދާ އެންމެންގެ ރޯދަސޭލްގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.

އޭސް އަދި ކަލާބޭންކުގެ ރޯދަ ޕްރޮމޯޝަނުގައި ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއެވެ. އެންމެ ފުރަތަމަ ހަފްތާގެ ގުރުއަތުން ހޮވުނު ހުސައިން އިބާދުއަށް އޭސް އިން ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

އޭސް ހާޑްވެއާ އަދި ކަލަބޭންކް ގެ ފިހާރަތަކުން 300 ރުފިޔާ އިން މަތީގެ ވިޔަފާރި ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިޔަށްދާ މިޕްރޮމޯޝަނުގެ ދަށުން ރޯދަ އަށް ހާއްސަކޮށް ގިނަ އަދަދެއްގެ ސާމާނުގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އޭސް އަދި ކަލަ ބޭންކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައިވެސް ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ކުރިއަށްދާ ކޮންޓެސްޓު ކާމިޔާބު ކުރާ ފަރާތްތަކަށް އަގުހުރި އިނާމް ތަކެއް ލިބޭއިރު، ކަލާ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިނގާ ކޮންޓެސްޓް ކާމިޔާބު ކުރާ ފަރާތަކަށް ވެސް އަގުހުރި އިނާމް ތަކެއް ލިބޭނެއެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވި 2011 ވަނަ އަހަރު، އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯ ލޯޑް މޯލްޑިވްސް ގުޅިގެންނެވެ.

comment ކޮމެންޓް