ހަނގުރާމަ ދުވަސްވަރުގެ ފޮޓޯތަކެއް 30،000 ޑޮލަރަށް

ދުނިޔޭގެ ބޮޑު ހަނގުރާމަ ދުވަސްވަރު ނަގާފައިވާ ފޮޓޯތަކުގެ އަރުޝީފް އެއް ---- ފޮޓޯ : އެމްއެސްއެން

ދުނިޔޭގެ ބޮޑު ހަނގުރާމަ ދުވަސްވަރު، ސްޕެޝަލް އެއާފޯސް ސާވިސެސް (އެސްއޭއެސް)ގެ މެމްބަރެއް ނަގާފައިވާ ފޮޓޯތަކެއްގެ އަރުޝީފު، 30،000 އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.

ފުރަތަމަ އެސްއޭއެސްގެ ޕްރައިވެޓް ފްރެޑް ކޭސީއަށް ނިސްބަތްވާ އެ ފޮޓޯ އަރުޝީފަކީ އޭނާއާއި އެއާފޯސް ސާވިސްގައި އުޅުން ގިނަ ބަޔަކު ދައްކައިދޭ ފޮޓޯތަކެއް ހިމެނޭ އަރުޝީފެކެވެ.

އެ އެލީޓު ފޯސްގައި ތިބި މެމްބަރުންނާއެކު މީގެކުރީން ދުވަހަކުވެސް އާންމުވެފައި ނުވާ ތަފާތު ފޮޓޯތަކެއް އެ އަރުޝީފްގައި ހިމެނެއެވެ. އެގޮތުން ކެޕްޓަން ޑޭވިޑް ސްޓާލިން ފަދަ ފަރާތްތައް ބައެއް ފޮޓޯތަކުގައި ހުއްޓެވެ. ކެޕްޓަން ސްޓާލިން އަކީ ބޮޑު ހަނގުރާމަ ދުވަސްވަރުގައި އުފެއްދި "ހޫ ޑެއާސް ވިން" ރެޖިމެންޓަށް އޮފިސަރުން ހޯދުމުގައި މަސައްކަތްކުރި ބޭފުޅެކެވެ.

ދުނިޔޭގެ ބޮޑު ހަނގުރާމަ ދުވަސްވަރު ނަގާފައިވާ ފޮޓޯތަކުގެ އަރުޝީފް އެއް ---- ފޮޓޯ : އެމްއެސްއެން

ދާދި ފަހުން ވިއްކާލި އަރުޝީފްގައި ތަފާތު އަލްބަމްތައް ހިމެނެއެވެ. އެ އަލްބަމްތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ ލޫޓޭނެންޓް ކާނަލް ޕެޑީ މޭންގެ ފޮޓޯތަކެއް ހިމެނޭ އަލްބަމް އެކެވެ. ޕެޑީ މޭންއަކީ ބްރިޓިޝްގެ ދުޝްމަނުންގެ 100 އަށްވުރެ ގިނަ ފްލައިޓު ގޮއްވާލާފައިވާ މީހެކެވެ. އޭނާގެ ފޮޓޯތައް ހިމެނޭ އަލްބަމް ވަނީ 7،000 ޑޮލަރަށް ވިކިފައެވެ.

އެ ފޮޓޯތައް ހިމެނޭ އަރުޝީފްގެ އިތުރުން ހަނގުރާމަ ދުވަސްވަރުގައި ލިބިފައިވާ މެޑަލް އާއި ބޭނުންކޮށްފައިވާ ވަޅި ފަދަ ތަކެތިވެސް ވަނީ ވިއްކާލާފައެވެ. އެ ހުރިހާ ތަކެތި ވިއްކާލާފައިވަނީ ނީލަން ކިޔައިގެންނެވެ.

comment ކޮމެންޓް