ޓޮމް ހޭންކްސް ހޮސްޕިޓަލުން ދޫކޮށްލައިފި

ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި --- ފޮޓޯ : އިންޑިޕެންޑެންޓް

ކޮރޯނާވައިރަސް (ކޮވިޑް19) ޖެހުމާ ގުޅިގެން ހޮސްޕިޓަލަށް ދިޔަ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސަންގެ ޓެސްޓުތަކެއް ހެދުމަށްފަހު ދޫކޮށްލައިފި އެވެ.

ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ، ކޮރޯނާއަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާ ކުރީކޮޅުގައެވެ.

އެ ދެމީހުންވެސް ހޮސްޕިޓަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި ދެމަފިރިން މިހާރު ތިބީ ސެލްފް ކަރަންޓީނަށް ގެއަށް ބަދަލުކޮށްފައެވ.

ޓޮމް ހޭންކްސް ބުނީ ދެމީހުން ވައިރަސްއަށް ޕޮޒިޓިވް ވި ނަމަވެސް، ދެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ވައިރަސް އިތުރު މީހަކަށް ޖެހުނުނަ ނުދީ ދެމީހުން އައިސޮލޭޝަންގައި ތިބޭނެކަމުގެ ޔަގީންކަންވެސް އޭނާ ދިނވެ.

ދެމަފިރިންނަށް ކޮރޯނާވައިރަސް ޖެހުނީ ހޭންކްސްގެ އާ ފިލްމު "އެލްވިސް ޕްރެސްލީ"ގެ ޝޫޓިން އަށް އޮސްޓްރޭލިއާއަށް ގޮސް އުޅުމުގެ ތެރޭގައެވެ.

އެ ދެމަފިރިން ވައިރަސްއަށް ޕޮޒިޓިވް ވިއިރު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އެލްބާވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް