ސަރުކާރުގެ ހަރަދުތަކުން އެއްބިލިއަން ރުފިޔާ ކުޑަކުރަން ފާސްކޮށްފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު: އެއް ބިލިއަން ރުފިޔާއަށް ހަރަދުތައް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި ---- ފައިލް ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

މިއަދު ވަޒީރުންގެ މަޖިލީހުންގެ ވަނީ ކޮރީނާ ވައިރަސްއާ ގޫޅޭ ގޮތުން ބައެއް މުހިންމު ނިންމުންތައް ނިންމަވާފަ އެވެ.

ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް އެމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނިންމުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުމަށް ކެބިނެޓުން މިއަދު ނިންމި ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރުމަށް ނިންމާފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"ކެބިނެޓުން ނިންމާފައި މިވނީ ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ވަކި ހަރަދުތައް އައިޑެންޓިފައި ކުރެވި، އެއް ބިލިއަން ރުފިޔާ ކުޑަ ކުރަމަށް،" މަބްރޫކު ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ޓޫރިސްޓުން އަންނަ ވަރު، 35 ޕަސެންޓަށް މަދުވެ، ދައުލަތުގެ އާމްދަނީން 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ އުފެއްދުންތެރިކަން ޖީޑީޕީ ކުރިއަރާ މިންވަރު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދަށް ދަށްވާނެ އެވެ.

ސަރުކާރުން މިއަދު ނިންމާފައި ވަނީ، ހަފްތާއެއްހާ ދުވަހުގެ މުއްދަތައް މި މަހުގެ 19 އިން 26 އަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށެވެ.

އެ ނިންމުމަކީ އާންމުން ގޭގައި މަޑުކުރުމަށް ބާރުއެޅުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ މިހާރު އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފަ އެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި މަޝްރޫއުތައް މަޑު ޖައްސާލުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް