ކޮރޯނާއާ ގުޅިގެން ބެޓްމޭންގެ ޝޫޓިންވެސް ހުއްޓުމަކަށް

ބެޓްމޭންގެ ޓީޒާގެ މަންޒަރެއް---

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން "ދަ ބެޓްމޭން"ގެ ޝޫޓިން މެދުކަނޑައިލައިފިއެވެ.

ޑީސީގެ މަޝްހޫރު ސުޕަހީރޯ ކެރެކްޓަރު ކަމަށްވާ ބެޓްމޭންގެ ރޯލަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބާޓް ޕެޓިންސަން ހަމަޖައްސައި، އެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ މަހުގައެވެ.

އެ ފިލްމުގެ ޝޫޓިން ފަށާފައިވަނީ ސްކޮޓްލޭންޑުގެ ސިޓީއެއް ކަމަށްވާ ގްލާސްގޯގައެވެ. މައުލޫމާތު ލިބޭގޮތުގައި ބެޓްމޭން އުޅޭ "ގޮތަމް" ސިޓީ ދައްކުވައިދޭނީ ސްކޮޓްލޭންޑުގެ މަންޒަރުތަކުންނެވެ.

ދެ ހަފްތާގެ މުއްދަތަކަށް ފިލްމުގެ ޝޫޓިން މެދުކަނޑާލިއިރު ޝޫޓިން ލިވަޕޫލަށް ބަދަލުކުރަން ފިލްމުގެ ޓީމުން ވަނީ ނިންމާފައެވެ. ބެޓްމޭން ފިލްމަކީ އަންނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް އަމާޒު ހިފާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މެޓް ރީވްސްއެވެ.

comment ކޮމެންޓް