ސިޔާސީ މުވައްޒަފުންގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ނިންމައިފި

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި އެގޮތަށް ނިންމީ، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް ދަށްވެ، ދައުލަތުގެ އާމްދަނީއިން 6.9 ބިލިއަން ރުފިޔާ މަދުވާތީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 331.72 މިލިއަން ރުފިޔާ އެވެ. އެއީ، މަހެއްގެ މައްޗަށް 27.6 މިލިއަން ރުފިޔާ އެވެ.

ކެބިނެޓުން މިއަދު ފާސްކުރި ގޮތުން، ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަކޮށްފިނަމަ މަހެއްގެ މައްޗަށް 5.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ބަލާއިރު 55 މިލިއަން ރުފިޔާ ސަލާމަތްވާނެ އެވެ.

މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރަން އިއްޔެ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަޙަޅައިފަ އެވެ.

comment ކޮމެންޓް