ހުޅުމާލޭގެ ބަސް ސްޓޭންޑުތައް ޑިސްއިންފެކްޓް ކުރަނީ

ހުޅުމާލެގައި ގާއިމްކޮށްފައިވާ ބަސް ސްޓޭންޑުތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބަސް ސްޓޭންޑުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ ބަސް ސްޓޭންޑުތަކުގެ އިތުރުން އާންމުން ގޮސް އުޅޭ އެހެން ސަރަހައްދުތައްވެސް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހުޅުމާލޭގެ ބަސް ސްޓޭންޑުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލާ ގުޅިގެން ހުޅުމާލޭގެ ޕާކުތައް ވަނީ ބަންދުކޮށްފައެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް ހިމެނޭ ޕޯސްޓަރުތައްވެސް ބަސް ސްޓޭންޑުތަކުގައި ވަނީ ހަރުކޮށްފައެވެ. އެޗްޑީސީ އިން ވަނީ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުގެ ދަށުން އެޗްޑީސީގެ މަސައްކަތު ގަޑިވެސް ކުރުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ވަނީ ފެނިފައެވެ.

comment ކޮމެންޓް