ފިނޭންސް އިން ތަކެެތިބަލައިގަތުން އޮންލައިންކޮށްފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮރޯނާ ވައިރަސް އާއި ގުޅިގެން މިއަދުން ފެށިގެން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާ ސިޓީ ފަދަ ތަކެތި އޮންލައިންކޮށް ބަލައިގަތުމަށް ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީ އާއި އިންވޮއިސް ފަދަ ތަކެތި ބަލައިގަތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އަދި ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން ފޮނުވާ ލިޔެކިޔުންފަދަ ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ފިނޭންސް އިން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަކި ގޮތަކަށް ބަދަލުވަންދެން، އެ މިނިސްޓްރީއިން ތަކެތި ބަލައިގަންނަ އުސޫލު ބަދަލުކުރީ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

ކޮރޯނާއާ ގުޅިގެން ގިނަ އޮފީސްތަކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށް އެދިފަ އެވެ.

comment ކޮމެންޓް