"އޭކް ވިލަން 2"ގައި ތާރާއަކީ ލަވަކިޔުންތެރިއެއް!

ބަތަލާ ތާރާ ސުތައިރާ---

"އޭކް ވިލަން 2"ގެ ކާސްޓުން މިހާރު ފައިނަލް ވެފައިވާއިރު އެ ފިލްމުން ފެނިގެންދާ ބަތަލާ ތާރާ ސުތައިރާ 24، އެ ފިލްމުން ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި މިހާރު ތާރާ އަންނަނީ މިއުޒިކް ތަމްރީންތަކެއް ނަގަމުންނެވެ. އޭނާ އަކީ އުމުރުން ހަތް އަހަރުން ފެށިގެންވެސް ލަވަކިޔާ ތަރިއެކެވެ. ގިނަ މުބާރާތްތަކެއްގައި ވާދަކޮށް އޭނާ ވަނީ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.

"ފިލްމެއްގައި ލަވަކިޔާ މީހެއްގެ ރޯލު ކުޅެލަން ލިބުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް. އެއީ އަހަރެންނަކީ ލަވަކިޔާ މީހެއްވެސްމެ. ވަރަށް އުފާވެއްޖެ އަސްލު މި ފިލްމުގައި ވެސް ލަވަކިޔުންތެރިއެއްގެ ރޯލު ކުޅެލަން ލިބުނީމަ،" ތާރާ ބުންޏެވެ.

މިއަހަރު މެދުތެރޭ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހުއެވެ.

ފިލްމުގެ ލީޑުން ތާރާގެ އިތުރުން ފެނިގެންދާނީ ޖޯން އަބްރަހަމް، އަދިތިޔާ ރޯއީ ކަޕޫރު އަދި ދިޝާ ޕަޓާނީއެވެ. ތާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސިދާތު މަލޮހޯތުރާއާއެކު "މަރްޖާވާން" އިންނެވެ.

އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ.

"އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.

comment ކޮމެންޓް