ހުޅުމާލެއިން ގެންގޮސް ޓެސްޓު ކުރި ދިވެހި މީހާ ވައިރަހަށް ނެގަޓިވް

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އަށް ޝައްކު ކުރެވޭތީ ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރިކޮށް، ޓެސްޓު ކުރި ދިވެހި މީހާ ވައިރަހަށް ނެގެޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ހުޅުމާލޭގައި ހުއްޓާ އެކަހެރި ކުރި މީހާ އަކީ އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއާ "ކްލޯސް ކޮންޓެކްޓް"އެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެ މީހާ ވައިހަރަށް ނެގަޓިވްކަން އޭނާ އެކަހެރިކޮށް ހެދި ޓެސްޓުތަކުން ދައްކާ ކަމަށް މިރޭ އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހުންނާއި ކުރަމަތި ރިސޯޓުން ދެ މީހުންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހުން އަދި އައިލެންޑް ސަފާރީ ބޯޓުން ދެ މީހުންނެވެ. އަދި މިހާތަނަށް ދިވެއްސަކު އެ ވައިރަސްއަށް ޕޮޒިޓިވްވެފައި ނުވެއެވެ.

comment ކޮމެންޓް