"އަނގްރޭޒީ މީޑީއަމް" އަލުން ސިނަމާތަކުގައި ދައްކާނެ

ފިލްމުގެ މަންޒަރެއް--

މި މަހު 12 ގައި ސިނަމާތަކުގައި އެޅުވި "އަނގްރޭޒީ މީޑިއަމް" މިހާރު މިވަނީ ސިނަމާތައް ބަންދުކުރުމުގެ ސަބަބުން އިތުރަށް ދެއްކޭނެ ގޮތް ނުވެފައެވެ.

ފިލްމުގެ ޑައިރެކްޓަރު ހޯމީ އަޑަޖާނިއާ ބުނީ ފިލްމު މިވަގުތު ސިނަމާތަކުން ނެގި ނަމަވެސް ފިލްމު އަލުން ސިނަމާތަކުގައި ދައްކާނެ ކަމަށެވެ. އިންޑިއާގެ ސިނަމާތައް ބަންދުކުރީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް19)ގެ ސަބަބުންނެވެ. ޑައިރެކްޓަރު ބުނީ ކޮރޯނާވައިރަސް ކޮންޓްރޯލްވުމުން އަލުން އެ ފިލްމު ސިނަމާތަކުގައި ދައްކާނެ ކަމަށެވެ.

ކެންސަރު ބައްޔަށް ފަރުވާކުރުމަށް ސްކްރީނުގެ ކުރިމަތިން ދެ އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އިރްފާން ހާންގެ ސްކްރީނުން ފެނިގެންދާ ފިލްމު "އަނގްރޭޒީ މީޑިއަމް"އަކީ އިންޑިއާއާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ޝޯރޭ އަދި ރާދިލާ މަދަންއެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނީ އަނގްރޭޒީ މީޑިއަމް އަށް ފަހު "ޗައިނީޒް މީޑިއަމް" ވެސް ހަދާނެ ކަމަށެވެ. އެއީ މި ފްރެންޗައިޒްގެ ތިންވަނަ ފިލްމަށް ކިޔާ ނަމެވެ.

comment ކޮމެންޓް